Posted on October 19, 2010 by galolhu

އީދު އަސް ހައްދާފައި
ސަރުކާރުގައި ޑޮލަރު އެބަހުރި ކަމަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ބުނެފިއެވެ. އެކަމަކު އޭނާ ބުނިގޮތުގައި ކޮންމެ ކޮންމެ މީހަކަށް ޑޮލަރެއް ނުލިބޭނެއެވެ. މި ދުވަސްވަރު ޑޮލަރު ތާށިވެގެން މި އުޅެނީ ސަރުކާރުން ބޭރުކުންފުނިތަކަށް ޑޮލަރުން ކޮންޓްރެކްޓް ދީގެން ހިންގާ ބޭކާރު މަސައްކަތްތަކުގެ ސަބަބުންނެވެ. އެކަމަކު ޑިކްޓޭޓަރުއްދައުލާގެ އާދައިގެ މަތިން ހުރިހާ ކަމެއްވެސް އެހެން މީހުންގެ ބޮލުގައި އަޅުވާ ބީދައިން މިކަން ވަނީ ހައްޖާޖީންގެ ބޮލުގައި އަޅުވައިފައެވެ.
އިތުރަށް ކިޔުމަށް
Filed under: governance | Tagged: Alhan Fahumy, foreign exchange | 1 Comment »
Posted on October 16, 2010 by galolhu
އިންތިހާބަށް ރަށްފުށުގެ މީހުންގެ ބޯކާލުމަށް ފަޅުފަޅުގައި ފަސްފުނި ޖެހުމަށް ބޭރު ފައިސާ މި ސަރުކާރަށް ލިބެއެވެ. ޑިކްޓޭޓަރުއްދައުލާ 30 ނުވަތަ 40 މީހުންގެ ބޮޑެތި ޓީމުތައް ގޮވައިގެން ރާއްޖެއިން ބޭރަށް ފުރަފުރައިގެންދާން މި ސަރުކާރުގައި ބޭރު ފައިސާ އެބަހުއްޓެވެ. އެކަމަކު ސަރުކާރު މުއައްޒަފުންނަށް ހަމަ މުސާރަ ދޭން ވީމާ ފައިސާއެއް ނެތެވެ. ބޭހަށް އިންޑިޔާއަށް ލަންކާއަށް ފުރާމީހުން ގެންދާނެ ޑޮލަރ ކޮޅަކަށް ޖެހެނީ ސަލާމް ޖަހާށެވެ. ރާއްޖެތެރޭގެ ހައްޖުވެރިޔަކު މައްކާގައި ހަރަދުކޮށްލަން ގެންދާނެ ޑޮލަރު ކޮޅަކަށް ޖެހެނީ ބޭންކްގައި ކިއޫ ހަދައިގެން ސަލާމް ޖަހާށެވެ.
އިތުރަށް ކިޔުމަށް
Filed under: economy | Tagged: foreign exchange | Leave a Comment »
Posted on October 14, 2010 by galolhu
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ކާރުން 168 ފުޅި ބަނގުރާ ފެނުނު މައްސަލަ ޝަރީއަތަށް ފޮނުވުމަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގަޔޯލައެވެ. މީގެ އެއްމެ ހެއްވާ ކަމަކީ ޕީޖީއަށް މައްސަލަ އޮތްއިރު ކުށްކުރި މީހެއް ނޭގޭކަމެވެ. އެހެންވީމާ ދައުވާ ކުރާނީ ޖިންނި ޝައިތާނުންނާތާއެވެ.
އިތުރަށް ކިޔުމަށް
Filed under: corruption | Tagged: alcohol, Reeko Moosa | Leave a Comment »
Posted on October 13, 2010 by galolhu
ފެށުނީއްސުރެންވެސް އެމްޑީޕީ އަކީ [އަނެއް] ޑިމޮކުރަސީ ހިންގާ ބައެކެވެ. އަނެއް ޑިމޮކުރަސީގައި ކަންކަން ނިންމަނީ އައުލަބިއްޔަތަށް ފެންނަގޮތަކަށް ނޫނެވެ. އެ ޕާޓިއަށް ފެންނަ ގޮތަކަށެވެ. އެހެން މީހުން އެގޮތަކަށް ނުރުހެންޏާ ބިރުދައްކައިގެންވެސް، މަޖުލިސް ހުއްޓުވައިގެންވެސް އެމީހުން ބޭނުންގޮތަށް ނިންމާނެއެވެ. އިއްޔެ މަޖުލިހުން ފެނުނީ އެ މަންޒަރެވެ. ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އަލުން އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަ ވަނީއެވެ.
އިތުރަށް ކިޔުމަށް
Filed under: governance | Tagged: MDP, Nasheed | Leave a Comment »
Posted on October 12, 2010 by galolhu
މެދުގޭ މަނިއްޕުޅުގެ އަހުމަދު ޝަފީގު ނުވަތަ އެއްމެންވެސް ދަންނަގޮތުގައި ޝަފީގުގޭ ޝަފީގަކީ އެއްޒަމާނެއްގައި ރާއްޖޭގެ ތާރީހާއި ސަގާފަތާއި ތިމާވެއްޓަށް އަގުހުރި ހިދުމަތްތަކެއް ކޮށްފައި ހުރި މީހެކެވެ. އެކަމަށް އޭނާއަށްވަނީ ޝަރަފުވެރިކަމުގެ އިނާމުވެސް ކުރީގެ ރައީސް އަތުން ލިބިފައެވެ. އަދި އޭނާވަނީ އެކިދުވަސްވަރު އުފެއްދި ތާރީހީ ކޮމިޓީތަކުގެ މެމްބަރުކަން ކުރުމުގެ އިތުރަށް އޮޑިދޯނިފަހަރު ބަނުމާއި ރާއްޖޭގެ ދޫނިސޫފާސޫފީގެ މައްޗަށް ފޮތް ލިޔެފައެވެ. އެކަމަކު އެއީއެއް ޒަމާނެއްގައެވެ. މިއަދުގެ ހަގީގަތަކީ އޭނާއަކީ މުސްކުޅިވެ ބުއްދި ގޯސްވެފައިވާ މީހެކެވެ.
އިތުރަށް ކިޔުމަށް
Filed under: topical article | Tagged: Shafeeg, torture | Leave a Comment »
Posted on October 11, 2010 by galolhu
ޑިކްޓޭޓަރުއްދައުލާ ކެނެރީ ނަޝީދު އަންގަނީ ގުޅިފަޅުގައި މެގަ ޕްރޮޖެކްޓެއްގެ ދަށުން ބޮޑު ސިޓީއެއް މިހާރު އާބާދުވެނިމުނީކަމަށެވެ. ދާދި އަވަހަށް 2000 ހައުސިންގް ޔުނިޓް އެތަނުގައި އެޅޭނެ ކަމަށެވެ. އެކަމަކު ހަގީގަތް އެއަށްވުރެ ކުޑަ ވެފައި ހިއްޗެވެ.
އިތުރަށް ކިޔުމަށް
Filed under: False promises | Tagged: Gulhifalhu | Leave a Comment »
Posted on October 10, 2010 by galolhu
ރާއްޖޭގެ ބައެއް ރަށްރަށް އަނެއްރަށާއި ގުޅުވާލަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓްގައި ބައިވެރިވީ ވޯޓްދިނުމުގެ ހައްގު ލިބިފައިވާ 88 ހާސް މީހުންގެ ތެރެއިން % 30 މީހުންނެވެ. މި ނިސްބަތަކީ ކަޝްމީރާއި، އިރާގު ފަދަ ގައުމުތަކުގައި ޓެރަރިސްޓުންގެ އިންޒާރަށް ޖެހިލުމެއްނެތި ވޯޓްލާން ނުކުންނަ މީހުންގެ ނިސްބަތަށްވުރެންވެސް ދަށް އަދަދެކެވެ. ވީމާ މިއީ ދުނިޔޭގެ ރެކޯޑަކަށް ބެލެވެއެވެ.
އިތުރަށް ކިޔުމަށް
Filed under: governance | Tagged: decentralization, population | Leave a Comment »
Posted on October 9, 2010 by galolhu
ޑިކްޓޭޓަރުއްދައުލާ ކެނެރީ ނަޝީދަށް ޕްރޮގްރާމް ބަޖެޓަކީ މާމޮޅު އެއްޗަކަށް ވެގެން 2011 ގައި ޕްރޮގްރާމް ބަޖެޓް ފައްޓާނެ ވާހަކަ ދައްކާއިރު އެކަހަލަ ބަޖެޓް ރާއްޖޭގައި ބޭނުންކުރާތާ އެތައް ޒަމާނެކެވެ. ޕްރޮގްރާމް ބަޖެޓް ތައާރުފް ކުރީ އާރިފު ހިލްމީގެ މާލީ ވަޒީރުކަމުގެ ދުވަސްވަރުގައެވެ. އެއިރު ކެނެރީ ނަޝީދު ހުރީ ވެލާނާގެއިން ވައްކަން ކޮށްގެން ރ. އަތޮޅަށް އަރުވާލާފައެވެ.
އިތުރަށް ކިޔުމަށް
Filed under: governance | Tagged: budget, program | Leave a Comment »
Posted on October 8, 2010 by galolhu
ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ މަގާމުން އަޒްލުކުރުމަށް ޖަމިއްޔަތުއް ސަލަފުން ގޮވާލައިފިއެވެ. މިއީ މައްސަލައެއް ނޫނެވެ. ޑިމޮކުރަސީއެއްގައި ކޮންމެ މީހަކަށްވެސް ކޮންމެ އެއްޗެއް ގޮވުމުގެ ހައްގު އޮންނާނެއެވެ. އެކަމަކު ސަލަފު މީހަކަސް ކޮންމެ މީހަކަސް ދީން ހަތިޔާރަކަށް ހަދައިގެން ތިމާމެންގެ މަޝްހޫރުކަން އިތުރު ކުރަން އުޅުމަކީ މައްސަލައެކެވެ. އަދި ދީނޭ ކިޔައިގެން އަފްއާނިސްތާނުގެ ކަލްޗަރު ރާއްޖެއަށް ގެންނަން އުޅުމަކީ މައްސަލައެކެވެ.
އިތުރަށް ކިޔުމަށް
Filed under: culture | Tagged: education, Salaf | 1 Comment »
Posted on October 7, 2010 by galolhu
މައުމޫނު ކަޅު ބޫޓަށް އަރައިފިއްޔާ ޓެނިސް ކޯޓަކަށް ގެންދަން ގޮށްރީނދޫ ހާމުދުރު ޕާޓީން އިންޒާރު ދީފިއެވެ. އެ ޕާޓިގެ އިސް ތަރުޖަމާނު އެކަތަފުށީގެ މެމްބަރު ހުސްދުފާ ގަލޮޅު ބްލޮގަށް ދިން އެކްސްކްލޫސިވް އިންޓަވިއުގެއް ގައި ބުނީ، [ކަޅު ބޫޓަކީ މައުމޫނު ރައީސްކަން ކުރި ދުވަސްވަރު އެރި އެއްޗެއް. ސިޔާސީ މަގުސަދެއްގައި ނޫނީ ކަޅު ބޫޓަކަށް އޭނަ މިހާރު އަރާކަށް ނުޖެހޭ،] ކަމަށެވެ.
އިތުރަށް ކިޔުމަށް
Filed under: satire | Tagged: Maumoon | 2 Comments »